މަސްވެރިކަމާއި ގުޅޭ

އައްޑުއަތޮޅުން މުށިމަސް ހިފަނީ / ފޮޓޯ: އައްޑޫސިޓީ މަސްވެރިން
އައްޑުއަތޮޅުން މުށިމަސް ހިފަނީ / ފޮޓޯ: އައްޑޫސިޓީ މަސްވެރިން

ހާއްސަ ހުއްދައެއްގެ ދަށުން އައްޑޫގެ މަސްވެރިންނަށް މަހަށް ފުރޭނެ: ކައުންސިލް 

އައްޑޫއިން މަސްވެރިކަމަށް ނުކުތުމުގެ ހުއްދަ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން މިއަދުން ފެށިގެން ދެމުން ގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން 06 ފެބުރުއަރީގައި ވަނީ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތައް ލުމަށްފަހު އެސިޓީގެ އެއްވެސް ރަށުކުން މީހުން އަރައި ފޭބުން މަނާކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މަހަށް ފުރޭނީ ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް ކަމަށެވެ.

މަހަށް ފުރުމަށް ބޭނުންވާ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ މަޢުލޫމާތާއި އުޅަނދުން ދަތުރުކުރާ މީހުންނާއި، އުޅަނދު ފުރާނެ ދުވަހާއި އަދި އަނބުރާ އަންނާނެ ކަމަށް ލަފާކުރެވޭ ދުވަސް އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގަން ޖެހޭނެއެވެ. މަހަށް ނުކުތުމުގެ ހުއްދަ ދިންކަމަށް ބެލެވޭނީ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކްއިން ލިޔުމުން ހުއްދަ ދޭ އުޅަނދުތަކަށް އެކަންޏެވެ.

މޮނިޓަރިންގ އަށް ލުމުގެކުރިން އައްޑޫއިން މަހަށް ފުރާފައިވާ އައްޑޫއަށް ނިސްބަތްވާ އުޅަނދުތައް ރަށަށް އަނބުރާ އައުމަށް ބޭނުންނަމަ ސޯޝަލް ސަޕޯޓް ޑެސްކަށް އެކަން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށް ވެސް ސިޓީ ކައުންސިލުން އެދެއެވެ.

އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކާއި ގުޅޭނެ ނަމްބަރު

އައްޑޫ ސިޓީ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު40 އަށް ވުރެ މައްޗަށް އަރައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!