މަސްވެރިކަމާއި ގުޅޭ

IMG_0035

މަސްވެރިންގެ ފޯރަމް މިނިސްޓަރ ހުސެއިން އިފްތިތާހު ކޮށްދެއްވައިފި

41 ވަނަ މަސްވެރިންގެ ދުވަހުގު ފޯރަމް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ފޯރަމް އިފްތިތާހު ކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ، މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުތައް އަޑުއަހާ، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވުމުވެ. އަދި މިވަގުތުވެސް މަސްވެރިކަމުގެ ސިނާއަތުގައި ގިނަ މައްސަލަތަކެއް ހައްލުކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ހަމައަގު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށާއި އަދި ހަމައަގު ހޯދުމަށް ރާއްޖޭގައި ބާނާ މަސް "މޯލްޑިވްސް ފިޝް"ގެ ނަމުގައި ބްރޭންޑްކޮށް ވިއްކުމުގެ މުހިންމުކަމުގެ މަށްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

އަދި މަހަށް ހަމައަގު ލިބުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން އީޔޫއިން ނަގާ %22 ޑިއުޓީކަމަށާއި އެކަން ހައްލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!