މަސްވެރިކަމާއި ގުޅޭ

Drone fishing

މަސް އައިން ހޯދުމަށް ޑްރޯން ބޭނުންކުރުން މަނާކަން އެނގޭތަ؟

ކޮންމެ ކަމެއްގައިވެސް ގާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި ވާނެއެވެ. އެގޮތުން، މަސްވެރިކަމުގައިވެސް ގާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި ވެއެވެ.

ގާނޫނޫ ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނޫ)ގެ 33 ވަނަ މާއްދާގެ ހ އާއި 76 ވަނަ މާއްދާގެ ށ އަދި 86 ވަނަ މާއްދާގެ ހ ގެ ދަށުން ހެދިފައިވާ ގަވާއިދަށް ކިޔަނީ 'ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު' އެވެ.

އެ ގަވާއިދުގެ ދަށުން، މަސްވެރިކަމުގައި ކުރުން މަނާ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެ ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވެސް ބަޔާން ކޮށްފައި ވަނީ މަސް މަރާ ބަޑި ބޭނުން ކުރުމުގެ ވާހަކައެވެ. މަސް ހިފުމަށް ވިޔަސް އަދި މަސް ބޭނުމަށް ވިޔަސް އަދި މަހަކަށް ހަމަލާ ދިނުމަށް ކަމަށް ވިޔަސް، މަސް މަރާ ބަޑި ބޭނުން ކުރުމަކީ މަނާކަމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑުފަޅުގެ ސަރަހައްދެއް ހިމާޔަތް ކޮށްފިނަމަ، އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަކަށް މަސްވެރިކަމެއް ނުކުރެވޭނެއެވެ.

އަދިހަމައެޔާއެކު، މަސް އައިނު ހޯދުމަށް ޑްރޯން ފަދަ ވައިގެ އުޅަނދެއް ބޭނުން ކުރުމާއި ރޮދުލުމަކީވެސް މަނާކަމެކެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން، ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑައެއް ނުނެގޭނެއެވެ.

ދިވެހި ރާއްޖޭގެ މަސްވެރިންނަށް ހުއްދަ ނުނަގާ މަސްވެރިކަން ކުރެވޭނީ ރާއްޖޭގެ ކަނޑުގައެވެ. އެހެންކަމުން ހުއްދައަކާ ނުލައި ރާއްޖޭގެ މަސްވެރި އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވެގެން ނުވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ރަށްރަށުގެ ކައިރީގައި މަސްވެރިކަން ކުރާ ނަމަ، ވިސްނަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ސަބަބަކީ ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވައިން ބޭރުގައާއި ވަކި އަތޮޅެއްގެ ގޮތުގައި އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ ނޯޓިކަލް މޭލު ސަރަހައްދުން ބޭރުގައި އެއް އުޅލނދުން އަނެއް އުޅަނދަށް މަސް ބަދަލު ކުރުމުގެ ހަރަކާތެއް ނުހިންގޭނެއެވެ.

މީގެ އިތުރުން، ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކޮށްގެން ނުވާނެ ކަމަށް ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ޑްރޯން ބޭނުން ކުރުން މަނާވަނީ މަސްވެރިކަމާއި ގުޅުންހުރި ކޮންކަމަކަށް އަސަރު ކުރާތީކަން ބުނެލާފަ އިންނަމަ ލިޔުން ވަރަށް ފުރިހަމަވީސް.

  2. ތިހުރިހާކަމެއްވެސް ރާއްޖޭންބޭރުންއަންނަބޯޓުތަކައް ހުއްދައެވެ،،ދިވެހިންނައްވީތީމަނަލެވެ.މިޔަރުގެމަސްވެދިކަންވެސްހަމްއެހެންނެވެ،1993 ފެށިގެންކަންހިގަނިމިހެންނެވެ

Comments are closed.