މަސްވެރިކަމާއި ގުޅޭ

LQWZD3T2D5CK7KOFBIZHHLUJYU

ކެނެޑާ މީހަކަށް އާދަޔާ ހިލާފު މަހެއް ބޭނިއްޖެ

މަސްވެރިކަމަށް ދިޔަ މީހަކަށް ތަފާތު ސިފައެއް ޖަހާ މަހެއް ބޭނިއްޖެއެވެ. ކެނަޑާގައި މަހަށް ދިޔަ މި މީހާ ބާނާފައިވަނީ ސްޓާޗަންއެކެވެ. މި މަހުގެ ބޮޑު މިނުގައި 8 ފޫޓު 6 އިންޗި ހުރިއިރު، ބަރުދަނުގައި 159 ކިލޯ ހުއްޓެވެ.

މި މަސް ބޭނި ބްރެއިޑަމް ރައުސް ބުނީ މި މަހުގެ ސައިޒުގެ ބޮޑުކަމުން މަސް ފެނުން މައްޗަށް ނެގުމަށް ބައިގަނޑިއިރު ހޭދަވި ކަމަށެވެ.

މަހަށް ދިޔައީ އޭނާ ރައްޓެހިވެގެންއުޅޭ އަންހެން ކުއްޖާވެސް ގޮވައިގެންނެވެ. އޭނާ ވަނީ މިމަސް ބޭނުމަށް ރައުސް އުޅުން ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފެނުން މައްޗަށް މަސް ހިއްލާލުމަށް ބުރަ މަސައްކަތެއް ކުރުމަށް ފަހު މަހުގެ ފޮޓޯ ނެގުމަށްފަހު އޭތި ވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ. މިމަހުގެ ސިފަ ވަތްތަކީ ޑައިނަސޯއަކާއި ކަމަށް ރައުސް ހާމަކުރެއެވެ.

ސްޓާޖަން މަހަށް ބައެއް މީހުން ' ލިވިން ޑައިނަސޯރ' ގެ ނަމުންވެސް ކިޔައެވެ. ސަބަބަކީ މިމަހަކީ ޖުރެސިކް އީރާގެ މަހަކަށް ވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!