މަސްވެރިކަމާއި ގުޅޭ

Kanneli2

މަސްވެރިކަން ކުރާ އުޅަނދުތަކުން ގާނޫނާ ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން: ފިޝަރީޒް މިނިސްޓްރީ

މަސްވެރިކަން ކުރާ އުޅަނދުތަކުން ގާނޫނާ ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލާ ޗެކްކުރާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަކީ އަބަދުވެސް ގޮންޖެހުމެއް ކަމަށާއި ގަވާއިދާ ހިލާފަށް މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރާ މައްސަލައިގެ މައްޗަށް އަލިއަޅުވާލައި ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވީ، އާއްމުކޮށް މަސްދޯނިފަހަރުގައި ގާނޫނާ ގަވާއިދާ ހިލާފަށް ކަންތައްތައް ކުރިއަށް ދޭތޯ ބެލުމާއި މަސް ދޯނިފަހަރު މަސްކިރާ ބަނދަރުތަކަށް ގޮސް، މިނިސްޓްރީގެ ކޮމްޕްލެއިންސް އޮފިސަރުންގެ އެހީގައި ދޯނިފަހަރު، ސައިޓްތަކަށް މޮނިޓަރިން ދަތުރުތައް ކޮށްފައި ހުންނާނެ ކަމަށެވެ.

"އެގޮތުން އުޅަނދުފަހަރުގައި ގާނޫނާ ގަވާއިދާ އެއްގޮތަށް ހުއްދަތައް ހުރިތޯއާއި އަދި ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ކުރޭތޯއާ އަދި އޭގެ އިތުރަށް، ބިދޭސީންގެ މައްސަލަވެސް އަޅުގަނޑުމެން މިފަހުން މި ހިންގި ހުރިހާ މޮނިޓަރިން ދަތުރުތަކެއްގަވެސް ބެލިން،" ޝިފާޒް ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަކީ އަބަދުވެސް ގޮންޖެހުމެއް: މިނިސްޓްރީ

ޝިފާޒް ވިދާޅުވީ، އެފަދައިން މޮނިޓަރ ކުރި އިރު، ގަވާއިދާ ހިލާފަށް މަސްދޯނިފަހަރުގައި ބިދޭސީން ހަރަކާތެރި ވަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ގާނޫނާ ގަވާއިދާ ހިހާލު ކަމެއްކަން އޮޅުންފިލުވައިދީ، އެކަމުގެ މައުލޫމާތު އެ ފަރާތްތަކަށް ދޭ ކަމަށް ޝިފާޒް ފާހަގަ ކުރެއްވިއެވެ. އަދި ގަވާއިދާ އެއްގޮތަށް ހުއްދަ ނެގޭނެ މަގުތަކާއި، އެކަން ކުރުމަށް ކަނޑައަޅާފައި ހުރި ގޮތްތައް އޮޑިފަހަރަށް ކިޔައިދޭ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފޮނި ވާހަކަ ދައްކާނެކަމެއް ނެތް.ދެއްވަދޫ މަސްދޯނި ފަހަރުތައް ޗެކް ކޮށްލަބަލަ ކިތެއް ބިދޭސީން މަހަށްދޭތޯ؟އެމީހުންގެ ވިސާ ރަނގަޅުތޯ އެމީހުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތައްތޯ؟އެމީހުންނަކާހުރެ ދިވެހިންނަށް ފުރުސަތު ގެއްލިއްޖެ.ދޯންޏަކުން ހުއްދަނަގައިގެން 2 މީހުންވަރު އޯކޭ.ދޯނީގެ ކޯޓާގަ.އެކަމަކު 9 މީހުން 10 މީހުންވީމަ ބޮޑުވަރު.ނޫސްތަކުގެ ފަލަ ސުރުޚީ ތަކުން ޖާގަހޯދަން ތިމަންނާ ބަލަމޭ މޮނިޓަރކުރަނޭކިޔާ އޮޅުވާލަން ނޫޅޭ.ޒިންމާ ނުނަގާ މުސާރަނަގައިގެން ތިބެނީހަމަ.

Comments are closed.