މަސްވެރިކަމާއި ގުޅޭ

ހދ. ކުޅުދުއްފުށި - ފޮޓޯ: މިހާޒް
ހދ. ކުޅުދުއްފުށި - ފޮޓޯ: މިހާޒް

ކުޅުދުއްފުށީގައި މަސްކެއްކުމާ ގުޅޭ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު އާއްމުކޮށްފި

ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު، އެ ސިޓީގެ ސިޓީކައުންސިލުން އާއްމުކޮށްފިއެވެ
އެ ކައުންސިލުން މިއަދު އާއްމުކުރި އުސޫލުގައި ވަނީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ ދަށުން، ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 66 ވަނަ އާންމު ބައްދަލުމުގައި، އެކަމާ ގުޅޭ އުސޫލު ފާސްކުރެވިފައި ވާކަމަށެވެ.

މި އުސޫލުގެ ދަށުން، ދޫކުރެވޭ ބިމުގެ ކުއްޔަކީ، އަކަފޫޓަކަށް އެއްރުފިޔާ ވިހިލާރިއެވެ. އަދި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން، ބިމުކުލި ނުދައްކައިފި ނަމަ، ކުލި ނުދައްކާ އިތުރަށް ވޭތުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ އިއުލާނުގައި ވެއެވެ.

މަސްކެއްކުމާ ގުޅުންހުރި މަސައްކަތްތަކަށް ބިން ދޫކުރެވޭނީ، ލޮނުމަސް އެޅުމަށް ބިން ދޫކުރަން ކައުންސިލުން އިއުލާނު ކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ލޮނުމަސް އަދި ސޫފިލަނޑާ ކަނޑުމަސް މިއީ މޫސުމީ ސިނާއަތެއް ، ވީމާ މަސްވެރިން މުސުން ތައްނުދޭނަމަ މަހަކައް ނުފުރާނެ މިކަންކަމައް ރިޔާއަތްކޮށް ކޮންމެދުވަހަކައް 100ރ ގެ ޖުރުމަނާއެއް ނެގުމަކީ ސިނާޔައް ފުޑާލުން ނުވަތަ ވިޔަފާރިވެރިން އިންދަޖައްސާލުން ގުނަ ރައްރަށުގަ މަސްވެރިން ފިހާރަތަކުންވެސް ތަކެތި ނަގަނީ ކްރެޑިޓައް ދަތުރު ނިންމާފަ މަސް ޕްރޮސެސްކުރާ ފަރާތައްވެސް ގިނަފަހަރު ފައިސާ ލިބެނީ ހަޕްތާއެއްނުވަތަ ދެހަފްތާފަހުން މިއީ މައިކްރޯ އޮކްނޮމިކްސް ނޭންގޭ މީހުން ކައުންސިލްތަކައް ހޮވުނީނަ ރައްޔިތުންނައް ދެވޭ އަނިޔާއެއް ޖުރިމަނާ ދައްކަން ޖެހޭނީ އެކަށީގެންވާ އަދަދަކައް ބަޔަކު ހަލާކުކޮށްލާކައް ނޫން

Comments are closed.