މަސްވެރިކަމާއި ގުޅޭ

viber_image_2022-09-22_13-49-10-824

މިއަހަރު މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކުރިން: ފައުޒީ

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައި ވާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައުޒީ ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށާއި، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ ކުރީކޮޅުން ފެށިގެންވެސް މަސް ކިރާ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 41300 ޓަނުގެ މަސް ގަނެފައިވާކަމަށާއި މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު މިފްކޯއިން  58000 ޓަނު މަސް ގަނެފައިވާއިރު މަސްވެރިންނަށް 901 މިލިއަން ރުފިޔާ ދޫކޮށްފައި ވާނެކަމަށް ފައުޒީ ވިދާޅުވިއެވެ.
"ސެޕްޓެމްބަރގެ ފުރަތަމަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންނަށް މަސް ލިބެމުން މިއައީ. އެވްރެޖްކޮށް 600 ޓަނާއި ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް މަސް ލިބޭ ދުވާލަކަށް. އެހެންވީމަ މިދިޔަ ބުރާސްފަތި ދުވަހަށް ބަލާކަމަށްވަންޏާ ހުކުރު ދުވަހުގެ ބަޔަކާއި އެއްކޮށް ހުރިހައި މަހެއް ކިރައި އެއީ ގާތްގަނޑަކަށް 860 ވަރަކަށް ޓަނު. އެއީ ޖުމްލަކަށް ބަލާކަމަށްވަންޏާ މިފްކޯގެ އެއްދުވަހެއްގެ ރިކޯޑް އިނގޭތޯ." ފައުޒީ ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ ދޯނިތައް ކިޔުގައި ތިބެންނުޖެހޭނެ ފަދަ ގޮތަކަށް މަސް ކިރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެއީ ދެން ސަރުކަރު މޮޅީތަ.ބަލަ އެއީ ބަޔަކު ކުރޮ ހަލާލު މަސައްކަތައް ދޭންޖެހޭ އުޖޫރަ.އެވެސް ދީފަ ހުރީ ނުއަގުގަ ގަންނަ އަގަށް.ކަލޭމެމަށް ވެވޭ ކަމެްސްސްސްސްސ333ތތތލ 9ި9ި9ި9ިި

Comments are closed.