މަސްވެރިކަމާއި ގުޅޭ

a7fd8302fc7ef8ff4dc7250f7f47f3e9c66e8415w-780x470

2 މަސްދުވަސްތެރޭ ޕެނަމާގެ ބީޗުތަކައް މަރުވެގެން ލެއްގި ވެލާތަކުގެ އަދަދު 150އަށްވުރެ އިތުރު

ފާއިތުވީ ދެ މަސް ދުވަސްތެރޭ ޕެނަމާގެ ބީޗުތަކަށް، މަރުވެގެން ލައްގާފައިވާ ވެލާތަކުގެ އަދަދު 150އަށްވުރެ އިތުުރުކަމަށް އެޤައުމުގެ އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކޮށްފިއެވެ. ލައްގާފައިވާ ވެލާތަކުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ، އަދި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ވެލާތައް ހިމެނެއެވެ.

ޕެނަމާގެ އެންވަޔަރަމެންޓު މިނިސްޓްރީގެ ކަނޑުތަކާއި ގުޅޭ ޑިވިޝަނުން މައުލޫމާތުދޭގޮތުގައި، މަރުވެގެން އެންމެ ގިނަ އަދަދަކަށް ވެލާ ލައްގާފައިވަނީ ވެރަގުއަސްއަށެވެ. އެގޮތުން އެ ޕްރޮވިންސްއަށް 70 ވެލާ ލައްގާފައިވެއެވެ. ލޮސް ސަންތޮސްއަށް 61 ވެލާ،  ޗިރިކުއިއަށް 18 ވެލާ އަދި ޕެނަމާ އޮއިސްޓޭއަށް ދެ ވެލާވަނީ މަރުވެގެން ލައްގާފައެވެ.

އެންމެ ގިނަ އަދަދަކަށް ލައްގާފައިވަނީ ކެމްޕްސް ރިޑިލީ އަދި ވެލާ އެވެެ. މީގެތެރޭގައިވެސް ގިނައީ ފިރިހެން ވެލާއެވެ. މިހާ ގިނަ އަދަދެއްގެ ވެލާތައް މަރުވެގެން ލައްގަމުންދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކަމާގުޅުން ހުރި މާހިރުން ދަނީ މިކަމާ ގުޅޭ ދިރާސާތައް ކުރަމުންނެވެ. އަދި ވެލާތައް ލައްގާއިރު ކުނިވާން ކައިރިވެފައި ހުންނަ ކަން ފާހަގަކުރެވޭއިރު، ގިނަ ފަހަރަށް ވެލާތައް މަރުވެފައިވަނީ މޫދުގައި ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!