މަސްވެރިކަމާއި ގުޅޭ

ފިޝަމެންސް ފްރެންޑްގެ އެމްބެސެޑަރ -- ފޮޓޯ/ ފިޝަމެންސް ފްރެންޑް
ފިޝަމެންސް ފްރެންޑްގެ އެމްބެސެޑަރ -- ފޮޓޯ/ ފިޝަމެންސް ފްރެންޑް

ފިޝަމެންސް ފްރެންޑް މިންޓްގެ އެމްބެސެޑަރަކަށް އިމާދު

"ފިޝަމެންސް ފްރެންޑް" މިންޓްގެ އެމްބެސެޑަރަކަށް މުހައްމަދު އިމާދު ހަމަޖައްސައިފިއެވެ.

އިމާދު އަކީ ކުޑައިރުވެސް މަސްވެރިކަމަށް ލޯބިކުރާ ޢިމާދު 2006 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް ގައި ވަޒީފާ އަދާ ކުރުމަށް ފަހު 2007 ވަނަ އަހަރު ޕޮލިސް ވަޒީފާގައި އުޅުނެވެ.

މީގެ ފަސް އަހަރު ކުރިން، ރަސްމީކޮށް ލޯންޗެއް ހޯދައިގެން ޢިމާދު މަސްވެރިކަން އިތުރު ހަރުފަތަކަށް ކުރިއަށް ޖައްސާލި އެވެ. 2016 ވަނަ އަހަރު ފުލުސް ވަޒީފާއިން ޢިމާދު ކެނޑުނީ، ދާއިރާއެއްގޮތަށް ސްޕޯޓްސް ފިޝިންއިން ކުރިއަށް ދާށެވެ.

ވަޒީފާއިން ކެނޑުނުއިރު އިމާދު ވަޒީފާ އަދާ ކުރަމުން ދިޔައީ ސެންޓަރަލް ޕޮލިސް ޑިވިޝަން (މ، ފ ދ) ގައެވެ. ރިސްކެއް ނަގައި، ވަޒީފާއިން ކެނޑުނީވެސް ސްޕޯޓްސް ފިޝިންގެ ދާއިރާއިން ކުރިއަށް ދެވޭތޯ އެވެ.

"އޭރު މާގިނަ މީހުނެއް ނުވެސް އުޅޭ ރާއްޖޭގަ، ސްޕޯޓްސް ފިޝިންގެ ތެރޭގައެއް. ދެތިން މީހަކު އުޅޭނީ. އެހެންވެ އެގޮތަށް ފެށިގެން އައިއިރު ހިއެއް ނުކުރަން މިކަން މިހާ ފުޅާ ވާނެ ކަމަކަށް" މިހާރު ފަތުރުވެރިން ސްޕޯޓްސް ފިޝިންއަށް ގެންދިއުމުގައި އަވަދިނެތި އުޅޭ ޢިމާދު ކިޔައިދިނެވެ.

އަމިއްލައަށް ސާމާނު ހޯދައިގެން ސްޕޯޓްސް ފިޝިން ފެށި ޢިމާދުގެ ހިތްވަރާއެކު ކޮޅަށް ޖެހުނު މި މަސައްކަތް އޭނާގެ ކައިރިން މި މަސައްކަތް ދަސްކުރަން މިހާރު ބައެއް މީހުން ކުޑަހުވަދޫއަށް ވެސް ދެއެވެ.

ޢިމާދު މަސައްކަތް ފަށައިގެން ކުރިއަށް ދިޔަ ވަރަކަށް ސޯޝަލް މީޑީޔާގައި އޭނާގެ މަސައްކަތް ދިޔައީ ހިއްސާ ކުރަމުންނެވެ. އެހެންކަމަށް ވުމާއެކު ބައެއް ފަރާތްތަކަށް އޭނާގެ މަސައްކަތް ފެނި، މާކެޓް ކުރުމުގައި އެހީވެދިނެވެ.

ސްޕޯޓްސް ފިޝިންއަށް އެއްކޮށް ހުސްވެގެން އެ މަސައްކަތް ފެށި ފުރަތަމަ ދެ އަހަރު ޢިމާދު ސިފަކުރީ 'ވަރަށް ދަށްކޮށް' ދިޔަ ދުވަސްތަކެއްގެ ގޮތުގަ އެވެ.

ނަމަވެސް އޭގެ ފަހުން، ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާ ހަމައަށް ސްޕޯޓްސް ފިޝިންއިން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެހެން ހުރިހާ ކަމެކޭ އެއްގޮތަށް ޢިމާދުގެ މަސައްކަތަށް ވެސް ކޮވިޑްގެ އަނދިރި ހިޔަނި އެޅުމުން އޭރު މާލީގޮތުން ދަތިވިއެވެ. ނަމަވެސް އަލުން ބަލުން ފަށައި، މިހާރު އަނެއްކާވެސް މަސައްކަތް މަޑުމަޑުން ކޮޅަށް ޖެހޭކަމަށް، މީގެ ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އިމާދުގެ އެމްބެސެޑަރ ކަމުގެ ދަށުން ހިނގާ 'ފިޝަރމެންސް ފްރެންޑް' މިންޓްގެ ތަފާތު ރަހަތައް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ފްރުޓް ފްލޭވާއާއި މިންޓީގެ އިތުރުން ސްޓްރޯންގް ފްލޭވާ ހިމެނެއެވެ.

މުޅި ދުނިޔެއަށް މަޝްހޫރު 'ފިޝަރމެންސް ފްރެންޑް' ބްރޭންޑް އުފެދުނީ 1865 ވަނަ އަހަރުއެވެ.

'ފިޝަރމެންސް ފްރެންޑް' ބޭނުންވަނީ، އެންމެ ގާތް އެކުވެރިއެއް ފަދައިން އަބަދުވެސް އެ މިންޓް މަސްވެރިންނާ އެންމެ ގާތުގައި ވުމަށެވެ. އަނގަޔަށް ލާ މިންޓާއެކު، އެކުވެރި ރަހުމަތްތެރިއެއް ފަދައިން، ތިބާގެ ހިތްވަރުގަދަކަން ހަނދާންކޮށްދޭވެ. މަސްވެރިކަން ރަނގަޅު ދުވަސްދުވަހާއި މަސް ނުބޭނޭ ދުވަސްތަކުގައިވެސް މިންޓް ކާލައި ހަމަޖެހިލުމަށެވެ.

މި ބްރޭންޑް އުފެއްދި ޖޭމްސް ލޮފްޓްހައުސް މި މިންޓް އުފެއްދީ މަސްވެރިއަކަށް ދިމާވި ނޭވަ ލުމުގެ މައްސަލައަކަށް ހައްލެއް ހޯދާދޭށެވެ.

މިހާރު ޖުމުލަ 20 ފްލޭވާއެއް ލިބެންހުރި މި މިންޓް 76 ގައުމުގައި ލިބެން ހުރެއެވެ. 156 އަހަރުގެ ތަޖުރިބާއާއެކު ދުވަސްތައް ގުނަމުންދާ މި މިންޓް ރާއްޖެއިންވެސް ލިބެންހުރެއެވެ. ރާއްޖެއިން މި މިންޓް ލިބެން ހުންނާނީ އިހުސާން ފިހާރައާއި ޑެލްކޯ މާޓް އަދި ބައެއް ރިސޯޓުތަކުންނެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު އާއި މީޓިންގް ތަކުގެ ކުރީގައާއި ކެއުމަށްފަހު އަދި އޮފީސް ގަޑީގައި ބޭނުންކުރަން ވެސް މި މިންޓް ވަރަށް ރަނގަޅުވާނެއެވެ. މިންޓްގެ ފްލޭވާ ތަކަކީ:

  • މިންޓް ޝުގަރ ފްރީ
  • މިންޓް
  • އެނިސީޑް
  • ސުވީޓް ލިއުކޯރައިސް
  • އެޕަލް ސިނަމަން
  • ހަނީ އެންޑް ލެމަން
  • ޓްރޮޕިކަލް
  • ޗެރީ
  • ގްރޭޕްފްރުޓް
  • ސަލްމިއަކް
  • ސޭޖް
  • ބްލެކް ކަރަންޓް
  • ސިޓްރަސް
  • މެންޑްރިން
  • އޮރިޖިނަލް އެކްސްޓްރާ ޝުގާ
  • ސްޕްރެޑްމިންޓް
  • ސަލްމިއަކް އެންޑް ރާސްބެރީ
  • ލެމަން
  • އޮރިޖިނަލް ނޯ އެޑެޑް ޝުގާ
  • ރަސްބެރީ
  • މިކްސްޑް ބެރީ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!