މަސްވެރިކަމާއި ގުޅޭ

69748766_124842442215057_4089826605537427456_o

ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރުމުން ރޯމަހަށްވުރެ ފަސް ގުނަ އަގުބޮޑު!

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މަހުގެ ބާވަތަކީ ފިނިކުރި ކަޅުބިލަ މަހެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ ނިސްބަތުން ވަރަށް ކުޑަ ޕަސެންޓެކެވެ. މަސްވެރިން ބާނާ ގިނަ މަސް ގަނޑުކުރުމަށްފަހު ހުރިގޮތަށް ބޭރުކޮށްލަނީއެވެ. ދާދިފަހުން ފިޝަރީޒް މިނިސްޓްރީންނާއި މިފްކޯއިން ބުނެފައިވަނީ މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ނުއަގުގައި ކަމަށެވެ. ސަބަބަކީ މަސްވެރިންގެ އަތުން މަސް ޓަނެއް ވިހިހާސް ރުފިޔާއަށް ގަނެގެން އެ ބޭރުކުރުމުން ވިހި ހާސް ރުފިޔާވެސް އެ މަސްޓަނަށް ނުލިބޭ ވާހަކައެވެ. މިއީ މިފްކޯއިން މިހާރު އާންމުކޮށް ދައްކަމުން އަންނަ ވާހަކައެވެ. މިއާއެކު މިފްކޯއިން މިވަނީ މަހުގެ އަގު ދަށްކޮށް ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ.

ސުވާލަކީ ދިވެހިރާއްޖޭގައި  ބާނާ މަހަށް އެކަށީގެންވާ އަގު ހޯދަން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯއެވެ؟ މިފްކޯއާއި ފިޝަރީޒް މިނިސްޓްރީން އެ ވިދާޅުވާ ގޮތަށް ގެއްލުމުގައި މަސް ބޭރުކޮށްކޮށް ތިބެންވީތޯއެވެ؟ މަހަށް ރަނގަޅު އަގު ނުލިބެނީ މަސްވެރިންގެ ސަބަބުން ތޯއެވެ؟.

ރާއްޖޭގެ މަސްވެރިން ބާނާ މަސް ރޯމަހުގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި ވެލިއު އެޑް ޕްރޮޑަކްޓެއްގެ ގޮތުގައި ވިއްކުމުން ރޯމަހުގެ ގޮތުގައި ބޭރުކުރުމުން ލިބޭ އަގަށްވުރެ ފަސް ގުނަ އިތުރަށް ލިބޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިސާލަކަށް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު، ދަޅުގައި ބަންދުކޮށްގެން ވިއްކައިފި ނަމަ އެމަސްޓަނަށް އެއްލައްކަ ރުފިޔާއެބަ ލިބެއެވެ. ނަމަވެސް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު ފިނިކުރި މަހުގެ ގޮތުގައި 15 ހާސް ރުފިޔާއަށްވެސް ތައިލެންޑަށް ބޭރުކޮށްފައި އެބަހުއްޓެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެރެނަލް އާދަމް ޒިޔާދު ވިދާޅުވީ، ރޯމަހުގެ ގޮތުގައި މަސް ބޭރުކުރާނަމަ މިފްކޯއަށް ވާނީ ގެއްލުން ކަމަށެވެ.

"ބެންކޮކް ބާޒާރުގައި 14 ހާސް ރުފިޔާއަށް މަސް ޓަނެއް ހުރިއިރު ރާއްޖޭގައި މަސްގަންނަމުން މިދަނީ 19 ހާސް ރުފިޔާ 20 ހާސް ރުފިޔާއަށް. ދިވެހިރާއްޖޭގައި ވެލިއު އެގްކުރެވޭނެ އިތުރު ގޮތްތަކެއް ނެތް. އެކަމަށް މިފްކޯއިން ތައްޔާރުވެފަ ނެތް. ވެލިއު އެޑްކުރުމޭ އަޅުގަނޑު ބާރަށް މި ބުނާ ސަބަބަކީ ވެލިއު އެޑް ކުރުމުން އެއްޓަނު މަހުން ލިބޭ ވަރު ފަސް ގުނަ އެބަ އިތުރު ކުރެވޭ. އެހެންވިއްޔާ މިފްކޯއަށް އެވާ ގެއްލުން ރީތިކޮށް އެންމެ ޓަނަކުން ނައްތާލެވޭ. އެކަމަކު ރާއްޖޭގައި ބާނާ ހުރިހާ މަސް ދަޅުގައި ބަންދުކުރެވޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންނަށް އަހަރެއްގެ ތެރޭގައި ކުރެވޭނެކަމެއް ނޫން". ޒިޔާދު ވިދާޅުވިއެވެ.

މަސްވެރިން އެމީހުންގެ ޒިންމާ އަދާކުރެއެވެ. ސަރުކާރާ މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް މަސްވެރިން ތަބާވެއެވެ. ކުންފުނިތަކަށް މަސް ކިރުވުމަށް ބޭނުންވާ ސެޓްފިކެޓް ދޯނިފަހަރުން ވަނީ ހައްދާފައެވެ. ބާނާ މަސް ތާޒާކޮށް ބެހެއްޓުމަށް މަހަށް އައިސް އަޅައެވެ. މަސް ގަންނަ ކުންފުނިތަކުން ދޯނިފަހަރުން މަސް ގަންނަނީ ތަޒާކަމާއެކުގައެވެ. މިހިސާބުން މަސްވެރިންގެ ޒިންމާ ނިމުނީއެވެ. ދެން އެމަސް ދަޅުގައި ބަންދުކޮށްގެން ވިއްކާނީތޯ ނޫނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކުރާނީތޯ މި ނިންމުން ނިންމާނީ މަސްވެރިންނެއް ނޫނެވެ. މަސް ގަންނަ ފަރާތްތަކުންނާއި ސަރުކާރުންނެވެ. އެހެންކަމުން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ "ނުއަގުގަ"އޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދަޅުގައި ބަންދުކުރުމުން ލިބޭ އަގު 5 ގުނަ އިތުރުވާ ޥާހަކަ ޅިޔެފަ ޢޮތުމުން ކިޔާ މީހާއަށް ނުބައި ތަސައްވަރެއް ދެވޭހެން ހީވާތީ ސާފުކޮށްލުމުގެ ޣޮތުން ދަންނަވަމެވެ. ޥެލިއު ޢެޑްކުރުމުން ޅިބޭ ޢެެޢްޗެއް ޢިތުރުވެއެވެ. ޙަމަ ޢެެޢާއެކު ޥެލިޢު ޢެޑްކުރުމުގެ ޚަރަދުވެސް ޢެވަރަށް ޢިތުރުވެއެވެ ބައެއްފަހަރު %2 މާރޖިންގަ އަނެއްބައި ފަހަރު ޖެހޭ އަގުގަވެސް ވިއްކާލަން ޖެހޭ ފަހަރުވެސް ޢާދެއެވެ ޏަމަވެސް ޜޯމަހަށް ޥިއްކުމަށް ވުރެ ރަގަޅުވާނެއެވެ.

Comments are closed.