މަސްވެރިކަމާއި ގުޅޭ

ކިހާދޫ، ފޮޓޯ: އަހުމަދު ރަޝީދު
ކިހާދޫ، ފޮޓޯ: އަހުމަދު ރަޝީދު

ކިހާދޫގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ

ބ.ކިހާދޫގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކިހާދޫ ކައުންސިލުން މިހާރުވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. ކިހާދޫ ކައުންސިލުން ވިދާޅުވީ، މި މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރިންކޮށްފައިވާ އިޢުުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލާކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މާރިޗު 20ވާ ބުދަދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުމަށްފަހު، އެ އިދާރާގެ އީމެއިލް:procurement@kihaadhoo.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗު 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެކަމަށް ކައުންސިލުން ހާމަކުރެއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!