މަސްވެރިކަމާއި ގުޅޭ

ކޮލި މަސް
ކޮލި މަސް

ކޮލި މަސް ކައިގެން ފިލިޕީންސްގައި 4 މީހުން މަރުވެއްޖެ

ފިލިޕީންސްގަައި ކޮލި މަސް ކައިގެން  4 މީހަކު މަރުވެއްޖެއެވެ. ކޮލި މަސް ނުވަތަ ޕަފާ ފިޝް އަކީ ވިހަ ގަދަ މަހެކެވެ. މިއީ މީހުން އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތުގެ މަހެއް ނޫނެވެ.

ޙަބަރުތައް ބުނާގޮތުގައި 4 ރައްޓެހިން މަހަށްގޮސް ހިފުނު ކޮލުމަސް ސާފުކުރުމަށްފަހު އޭގެ އުކާލާބައިތައް އޫރަަކަށް ކާންދިނުމުން، އެ އޫރުވެސް ވަނީ މަރުވެފައެވެ. އެހެންނަމަވެސް އެއަށްފަހުވެސް އެމީހުންވަނީ ކޮލިމަސް ކައްކައިގެން ކައިފައެވެ.

އެމީހުން މިމަސް ކައިފައިވަނީ ރާ ބޮމުން ކަމަށާއި، މަސް ކެއުމާއި އެކު ބަނޑުގައި ރިއްސާ ހޮނޑުލެވެން ފެށިކަމަށްވެއެވެ.

އަދި މީގެތެރެއިން 2 މީހުން ފެނިފައިވަނީ ގޭގައި މަރުވެފައި އޮތްވައެވެ. އަދި އަނެއް ދެ މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮލި މަހަކީ އެންމެ ވިހަ ގަދަ މަަސްތަކުގެތެރޭގައި ހިމެނޭ މަހެކެވެ. އަދި އެ މަސް ކެއުމަށްފަހު 30 މިނެޓުގެ ތެރޭގައި ހަށިގަނޑުން ވިހައިގެ އަސަރުތައް ފެންނަން ފަށައެވެ. އަދި 6 ގަޑިއިރު ތެރޭގައި މީހާގެ ފުރާނަ ނުރައްކާވާ ހިސާބަށްދެއެވެ.

ކޮލި މަހަކީ ވިހަ ގަދަ މަހަކަށް ވިޔަސް ބައެއް ޤައުމުތަކުގައި މިމަސް ކައި އުޅެއެވެ. އެގޮތުން ޖަޕާނަކީ ފާހަގަކޮށްލެވޭ ޤައުމެވެ. ޖަޕާނުގައި ކޮލީގެ 22 ބާވަތެއް ކެއުމުގެ ހުއްދަ ދީފައިވެއެވެ. އެހެން ނަމަވެސް މި މަސް ކެއުމަށް ތައްޔާރު ކުރެވޭނީ އެކަން ކުރުމުގެ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އަދި މި ސަބަބުތަކާއި އެކު މިމަސްވެފައިވަނީ ދުނިޔޭގައިވެސް އެންމެ އަގުބޮޑު މަހުގެ ބާވަތްތަކުގެތެރޭގައެވެެ. ޖަޕާނުގައިވެސް މި މަހުގެ ކިލޯއެއްގެ އަގު 200 ޑޮލަރަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!