މަސްވެރިކަމާއި ގުޅޭ

އއ. ރަސްދޫ ބަނދަރު -- ފޮޓޯ/ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް
އއ. ރަސްދޫ ބަނދަރު -- ފޮޓޯ/ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް

ރަސްދޫ ބަނދަރުގައި ހަދާފައިވާ މަސްކަނޑާ އަށިގަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

އއ.ރަސްދޫ ބަނދަރުގައި ހަދާފައިވާ މަސްކަނޑާ އަށިގަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ރަސްދޫ ކައުންސިލުން ބުނީ  މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އިމާރަތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ ދަށުން ޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠު ހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 މާރިޗު 17 އިން 2024 މާރިޗު 27 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި އެކައުންސިލްގެ  projects@rasdhoo.gov.mv  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި އެ ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެވޭނެއެވެ.

ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ކައުންސިލުން ވިދާޅުވީ، އީމެއިލް މެދުވެރިކޮށް ނަންނޯޓްކުރަން ހުށަހަޅާފަރާތްތަކުން ތަނުގެ ނަމާއި ވެރިފަރާތުގެ ނަމާއި ފޯނު ނަންބަރު ހިމަނައިގެން ހުށަހެޅުމަށް ސަމާލުކަންދޭން ވާނެ ކަމަށެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2024 މާރިޗު 21 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 މާރިޗު 28 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!