މަސްވެރިކަމާއި ގުޅޭ

ދިއްގަރު
ދިއްގަރު

ދިއްގަރުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ

އިންޑީޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މ.ދިއްގަރުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަށް ދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ދިއްގަރު ކައުންސިލުން ބުނީ ޓީ.އޯ.އާރު އެއްގޮތަށް ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން  projects@dhiggaru.gov.mv އަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ހުޅުވާލާކަމަށެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔުންތައް ހިމަނަންޖެހެއެވެ.

  1. އައި.ޑީ ކާޑު ކޮޕީ
  2. ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރާ ފަރާތްތަކަށް ފައިނޭޝިއަލް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެކަމަށް ކައުންސިލުން ބުނެއެވެ.

މިކާމާއި، ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، އެ އިދާރާގެ ނަންބަރު 6720031 އާއި ގުޅައިގެން ނުވަތަ،info@dhiggaru.gov.mv  އަށް އީމެއިލްކުރުމުން ލިބޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!