މަސްވެރިކަމާއި ގުޅޭ

ށ. ފޭދޫ، ފޮޓޯ: ޒުވާން މަސްވެރިޔާ
ށ. ފޭދޫ، ފޮޓޯ: ޒުވާން މަސްވެރިޔާ

ށ.ފޭދޫގައި މަސްކަނޑާ އަށްޓެއްހަދާދޭނެ ފަރާތެއް ހޯދަނީ

ށ.ފޭދޫ ބަނދަރު ސަރަހައްދުގައި މަސްކަނޑާއަށްޓެއް ހަދާދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ދެވަނަ ފަހަރަށް އިޢުލާންކޮށްފިއެވެ.

ފެދޫ ކައުންސިލް އިދާރާއިން ބުނީ އެ އިދާރާއިން ދޭ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ށ.ފޭދޫ ބަނދަރު ސަރަހައްދުގައި މަސްކަނޑާއަށްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ، އަށި ހެދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ ފަރާތްތަކަށްވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 25 މާރިޗު 2024 ވާ ހޯމަ ދުވަހުގެ  14:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށްފަހު، ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ފޭދޫ ކައުންސިލްގެ އިދާރާ، ހާޒިރުވެ، އަންދާސީ ހިސާބު ހުށައެޅަންޖެހެއެވެ. މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 26 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލްގެ މީޓިންރޫމުގައި އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!