މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ.އަތޮޅަށެވެ. އެއީ 10:00 އިން 16:00 އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ "އައްސިދަ" ނަކަތުގެ ދުވަސްތަކެވެ. އައްސިދަ ކުރިއަށްދާނީ މިމަހުގެ 21  ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!