މަސްވެރިކަމާއި ގުޅޭ

photo_2024-04-13_12-23-27

މަރުވެގެން ލައްގާފައި ހުރި މަސްތަކެއް ކައިގެން ކެމްބޯޑިއާގައި 6 މީހަކަށް ފަރުވާދޭން ޖެހިއްޖެ

މަރުވެގެން ލައްގާފައި ހުރި މަސްތަކެއް ކައިގެން ކެމްބޯޑިއާގެ އާއިލާއެއްގެ 6 މީހަކަށް އަވަސް ފަރުވާ ދޭން ޖެހިއްޖެއެވެ.

ކެމްބޯޑިއާގެ ސްޓަންގު ޓްރެންގު ޕްރޮވިންސްގައި ހިނގި މި ހާދިސާގައި ތަޤައްޔަރުވެފައިވާ މަސްތައްވަނީ އެ އާއިލާގެ 11 މީހެއް ކައިފައެވެ. އެހެންނަމަވެސް ބަލިވެފައިވަނީ އެ އާއިލާގެ 6 މީހެކެވެ.

މީކޮންގ ކޯރުގެ އައްސޭރީގައި ދިރިއުޅޭ އެ އާއިލާގެ މަސްވެރިންވަނީ މަހަށްގޮސް މަރުވެގެން ލައްގާފައިހުރި ބައެއް މަސްތައްވެސް ގެނެސްފައެވެ. މި މަސްތައް ކައްކައިގެން ކެއުމުން ބަނޑުގައި ރިއްސާ ބޭރަށް ހިނގަން ފެށުމުން، 6 މީހަކަށްވަނީ ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާ ދީފައެވެ.

ޑޮކްޓަރުން ބުނީ މަރުވެފައިހުރި ކުނި މަސް ކެއުމުން ކާނާ ވިހަވެގެން އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިހާރު އެމީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!