މަސްވެރިކަމާއި ގުޅޭ

Odisha-imposes-2-month-fishing-ban-with-immediate-effect-from-today

އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި މަސްވެރިކަން ކުރުން 2 މަސް ދުވަހަށް މަނާކޮށްފި

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ކަނޑުގެ ސަރަހަައްދުން މަސްވެރިކަން ކުރުން 2 މަސް ދުވަހަށް މަނާކޮށްފިއެވެ.

އޮޑިޝާ ސްޓޭޓުގެ ސަރުކާރުން ބުނީ އަންނަ ޖޫންމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުން މަނާކޮށްފައިވާކަމަށެވެ. މިއީ އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގެ ހިމާޔަތްކޮށް ކަނޑުގެ ދިރުންތައް ބެލެހެއްޓުމަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ.

އިހުގެ ދޯނި ފަހަރުތަކުގައި މަސްވެރިކަމަށް ނިކުމެވޭނެ ކަމަށާއި، އެ ބާވަތުގެ އިންޖީނުލީ އުޅަނދުތަކުގައިވެސް މަހަށް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މަސްވެރިކަން ކުރުން މަނާކޮށްފައި އޮންނަ ދުވަސްވަރު އެންގުމާއި ހިލާފުވާ ފަރާތްތަށް ޖޫރިމަނާކުރެވޭނެ ކަމަށާއި، މަހަށް ބޯޓު ފަހަރު ނިކުމޭތޯ ބަލާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!