މަސްވެރިކަމާއި ގުޅޭ

moosun

މޫސުމަށް ސަމާލުވޭ! ކަނޑުގަދަވާނެ – މެޓް އޮފީސް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ، ކަނޑުގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުންވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރުނީ، މިއަދު ހެނދުނު 11:00 އިން 15:00 އަށް، ށ.އަތޮޅުން ފެށިގެން ތ.އަތޮޅުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ، ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދުތަަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި އާއްމު ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!