މަސްވެރިކަމާއި ގުޅޭ

_DSC4860

މަސްވެރިކަން ކުރުމުގެ ލައިސަންސް މުއްދަތު ހަމަވެފައިވާ ދޯނިތަކުގެ މަސްނުކިރުވޭނެ: މިފްކޯ

މަސްވެރިކަން ކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ދޯނިތަކުގެ މަސް ނުކިރުވޭނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ކެޔޮޅުންނަށް ފޮނުވި ޚާއްސަ މެސެއްޖެއްގައި ބުނީ މި ފަހަކަށް އައިސް މުއްދަތު ހަމަވެފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސްއާ އެކީ ދޯނިތަކުން މަސްކިރުމަށް އަންނަކަން ފާހަނގަ ކުރެވެމުންދާ ކަމަށެވެ. އަދި މަސްކިރަން އަންނަ ދޯނިފަހަރުތަކުގައި މުއްދަތު ހަމަވެފައިވާ ލައިސަންސްއެއް އޮތްނަމަ މިފްކޯއިން އެ ދޯންޏެއްގެ މަސް ނުކިރާނެކަމަށް ބުނެފައި ވެއެވެ.

މަސްކިރުމުގެ ލައިސަންސް ހެއްދުުމުގެ މަސައްކަތަކީ މިހާރު ވަރަށް ފަސޭހަކަމެއް ކަމަށާއި، މަސްވެރިން ރަށު ކައުންސިލް މެދުވެރިކޮށް ފިޝަރީޒް މިނިސްޓްރީއަށް ލައިސަންސް އަށް އެދި ފޯމް ހުށަހަޅާތާ 15 ވަރަކަށް މިނެޓް ތެރޭ ލައިސަންސް ލިބޭނެ ކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން ހުރިހާ އެންމެވެސް މުއްދަތު ހަމަވުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް އައުކުރުމަށް ސަމާލުކަންދިނުމަށް މިފްކޯއިން ވަނީ އެދިފައެވެ.

މަސްވެރިކަން ކުރާ ދޯނިތަކުން އެކަމަށް ޚާއްސަ މަސްވެރިކަން ކުރުމުގެ ލައިސަންސްއެއް ފިޝަރީޒް މިނިސްޓްރީއިން ނަގަންޖެހެއެވެ. އެ ލައިސަންސަކީ ކޮންމެ އަހަރަކު އެއް ފަހަރު އައުކުރަން ޖެހޭ އެއްޗެކެވެ. ކޮންމެ ކުންފުންޏަކަށް މަސްކިރުވިކަމުގައި ވިޔަސް މުއްދަތު ހަމަނުވާ މަސްކިރުވުމުގެ ލައިސަންސް ދައްކަންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!