މަސްވެރިކަމާއި ގުޅޭ

Fisheries Rangers

ފިޝަރީޒް ރޭންޖަރުން ހޯދުމަށް އިއުލާނުކޮށްފި

ފިޝަރީޒް ރޭންޖަރުން ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއުލާންކޮށްފިއެވެ.

މިނިސްޓްރީއިން ވަނީ  8 ރަށަކުން ރޭންޖަރުން ހޯދުމަށް އިއުލާން ކޮށްފައެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި، ށ. ކޮމަންޑޫއާއި، ޅ. ނައިފަރާއި، ތ. ހިރިލަންދޫއާއި، ލ. ގަމާއި، ގއ. މާމެންދޫއާއި، ގދ. ތިނަދޫ އަދި ސ. ހިތަދޫ އެވެ. މި މަގާމްތަކަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހެނީ ރަށު ކައުންސިލްތަކުގައެވެ. ފެލިވަރާއި، މާންދޫ އަދި ކޫއްޑޫއާ ކައިރި ރަށްރަށުގެ ރޭންޖަރުން މަސްކުންފުނިތަކުގައިވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.

މިމަގާމަކީ 2 އަހަރު ދުވަހަށް ކޮންޓްރެކްޓް ކުރެވޭ ވަގުތީ މަގާމެކެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ޖެނުއަރީ 2020، 13:30ގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.

އިއުލާން

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!