މަސްވެރިކަމާއި ގުޅޭ

viber_image_2021-01-21_18-50-59

މަހަށްގޮސް އުޅެނިކޮށް ގެއްލުނު މީހާ ކޯސްޓްގާރޑުން ހޯދައިފި

ކ.މާފުށިން ރިޔަލު ދޯންޏެއްގައި މަހަށް ނިކުތްފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހާ ކޯސްޓްގާރޑަށް ނަގައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި ޝޭޑީގްރޯވާ އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާރޑުން އަހުމަދު އާދަމް މަނިކު ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ރަންނާޅި ރިސޯޓުގެ އިރުމަތިން ކަމަށެވެ. އޭނާ ކޯސްޓްގާރޑަށް ނެގުމަށްފަހު އޭނާ ދުއްވި ބައްތެލި ކަފުޖަހައިގެން އަންނަ ފޮޓޯއެއް އެމްއެންޑީއެފުން ވަނީ ޚިއްޞާކޮށްފައެވެ. އަހުމަދު އާދަމް މަނިކުގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަހުމަދު އާދަމް މަނިކު ފެނިފައިވަނީ މިރޭ އިރުއޮއްސި 6:26 ގައި ކަމަށެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

އަހުމަދު އާދަމް މަނިކު މަސްވެރިކަމަށް ނިކުތީ ފަތިހު 5:30 ކަންހާއިރު 18 ފޫޓުގެ ރިޔަލު ދޯންޏެއްގައެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު 2:30 ކަންހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!