މަސްވެރިކަމާއި ގުޅޭ

AA11zdCQ

މެކްސިކޯގައި މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ

މެކްސިކޯގެ ކަނޑުގެ އައްސޭރިފަށުގައި ސްކޫބާ ޑައިވް ކުރަން އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އެމީހާ މަރުވެއްޖެއެވެ.

މެނުއަލް ލޮޕޭސް ނަމަކަށް ކިޔާ އެ މީހާއަށް ހަމަލާ ދީފައިވަނީ 19 ފޫޓުގެ ބޮޑު މިޔަރެކެވެ. އޭނާ އަށް މިޔަރު ހަމަލާދިން މަންޒަރު މަސްވެރިންތަކަކަށް ވަނީ ފެނިފައެވެ.

މިޔަރު ހަމަލާދިން އިރު، ސްކޫބާ ޑައިވްކޮށްގެން މެނުއަލް ދިޔައީ ޝެލްއެއްގައި ހުންނަ މަހެއް ހޮވުމުގެ މަސައްކަތް ކުރަމުންނެވެ. މިޔަރުވަނީ އޭނާ އަށް ހަމަލާދީ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ދީފައެވެ. އެގޮތުން ބައެއް ގުނަވަންތައްވެސް ވަނީ ބުރިބުރިކޮށްލާފައެވެ.

މެނުއަލްއަށް ހަމަލާ ދީފައި ވާއިރު، އެ ސަރަހައްދުން މިޔަރު ފެންނާތީ އެކަމަށް ސަމާލުވުމަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާއްމުންނަށް އަންގާފައެވެ. އެއާއެކު އެ ސަރަހައްދަށް މިދުވަސްވަރު މީހުން ފީނަން ދިއުންންވަނީ ހުއްޓާލާފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ ގިނަ އަދަދެއްގެ މިޔަރު އެ ސަރަހައްދުން ފެންނަ ދުވަސްވަރެކެވެ. އާއްމުގޮތެއްގައި މިޔަރުތައް ކެއުމަށް ޝިކާރަ ކުރަނީ ސީލްތަކަށެވެ.

މިޔަރުގެ ހަމަލާއާއި ގުޅިގެން މަސްވެރިން ވަނީ އެ ސަރަހައްދަށް މަހަށް ނިކުތުންވެސް ހުއްޓާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!