ދ. ހުޅުދެލީ ފަޅުތެރެއަށް ވަތް ގިނަ އަދަދެއްގެ ރާގޮނޑި ހިފައިފިއެވެ.
އެގޮތުން އެރަށު ފަޅުތެރެއިން1346 ރާގޮނޑި ވަ ނީ ހިފާފައެވެ. އާއްމުގޮތެއްގައި މިގޮތަށް ހިފާ ރާގޮނޑިތައް އެމަސައްކަތުގައި އުޅުނު އެންމެންގެ މެދުގައި ހަމަހަމައަށް ބަހަނީއެވެ.
ރާގޮނޑި ހިފުމުގައި އެންމެ އެކީ ކުރާ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެގޮތުން ގިނަ ބަޔަކު ގުޅިގެން މިމަސައްކަތުގައި އުޅެއެވެ.
ހުޅުދެލީ ފަޅުން ހިފާފައިވާ ރާގޮނޑިތަކާއި ގުޅޭގޮތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ފެންނަގޮތުގައި އެރަށު ފަޅުތެރެއިން ހިފާފައިވާ ރަގޮނޑިތަކަކީ ސައިޒުގެ ގޮތުންވެސް ބޮޑެތި ރާގޮނޑިތަކެކެވެ.
މީގެ ކުރީ އަހަރުތަކުގައިވެސް ހުޅުދެލީ ފަޅުން މިގޮތަށް ރާގޮނޑި ހިފާފައިވެއެވެ. އެގޮތުން އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް އެ ރަށު ފަޅުތެރެއަށް ގިނަ އަދަދެއްގެ ރާގޮނޑި ވަންނަމުންދެއެވެ.
އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ ފަޅުތެރެއަށްވެސް މިގޮތަށް މަސް ތިޔާޤިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ތ. ބުރުނީއެވެ.