މަސްވެރިކަމާއި ގުޅޭ

Croaker-fish-(2)1710349965-0

ދާ ޖަހައިގެން ހިފުނީ އަގުބޮޑު މަސްތަކެއް، ޕާކިސްތާނުގެ މަސްވެރިންތަކެއް މުއްސަދިވެއްޖެ!

ދާ ޖަހައިގެން މަސްވެރިކަން ކުރުމުގައި އެއްފަހަރާ ގިނަ އަދަދެއްގެ އަގުބޮޑު މަސްތަކެއް ހިފިގެން ޕާކިސްތާނުގެ މަސްވެރިންތަކެއް މުއްސަދިވެއްޖެއެވެ.

ޕާކިސްތާން ޓްރިބިއުސް ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، އެޤައުމުގެ އައްސޭރިފަށުގެ އަވަށެއްކަމުގައިވާ ހަރޯ ޗާންގެ މަސްވެރިންތަކަށް ހިފިފައިވަނީ 300 އެއްހާ ކުރޯކާ ފިޝްއެވެ.

ބޯޓު ކެޕްޓަން ހާނިހު ކަޓިޔާރު ބޯޓުގެ ފަޅުވެރިންނާއި އެކު މަހަށް ނިކުތީ އާދައިގެ މަތިން ވިއްކާލާނެ މަސްކޮޅެއް ލިބޭތޯއެވެ. އެހެންނަމަވެސް ދަލުގައި ޖެހުނު މަސްތައް ފެނި ބޯޓުގައި ތިބި ހުރިހާ މަސްވެރިންނަށްވެސް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ.

އަދި މިމަސްތައް ހިފުނު ވާހަކަ ސިއްރުކޮށްފައި ބޭއްވިއެވެ. ސަބަބަކީ ބަޔަކު ވަގަށް ނަގާފާނެތީއެވެ. އަދި މަސް ގަންނާނެ ބަޔަކު ހޯދުމަށްފަހު އެމަސްތައްވަނީ ބޮޑު އަގުގައި ވިއްކާލާފައެވެ.

މިމަހުގެ ބަނޑުގައި ހިމެނޭ ބައިތަކަކީ ބޭސްވެރިކަމުގައި ބޭނުންކުރާ އެއްޗެކެވެ. އަދި މިއީ ވަރަށް މަދުން ފެންނަ މަހަކަށްވުމުން ދުނިޔޭގެ ބާޒާރުގައި މިމަހުގެ އަގު ބޮޑެވެ.

އެގޮތުން މިމަސްގެ ކިލޯއެއްގެ އަގު އުޅެނީ 1000 ރުޕީސްއަށެވެ. ހާނިފުމެން ބޭނި މަހަށް މިލިއަނުން ފައިސާ ލިބުނު ކަމަށް ޙަބަރުތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.