މަސްވެރިކަމާއި ގުޅޭ

1713176592-navy-fishermen-6

ލަންކާ ސިފައިން ނުކުމެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އެގައުމުގެ 8 މީހަކު އަތުލައިގެންފި

ސްރީލަންކާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ 08 މީހަކު އެގައުމުގެ ނޭވީން އަތުލައިގެންފި އެވެ.

ލަންކާ ނޭވީން ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ހައްޔަރު ކޮށްފައި ވަނީ ހުއްދަ ނެތް ދާ ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް މަސްވެރިކަމުގައި ބައިވެރިވި 08 މީހެކެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ނޭވީން ވަނީ މި ޣައިރު ޤާނޫނީ އަމަލަށް ބޭނުންކުރާ ޑިންގީއަކާއި ހުއްދަ ނެތް މަސްވެރިކަމުގެ ސާމާނެއްގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.

ޝައްކު ކުރެވޭ ޑިންގީ ފެނުމުން އިރުމަތީ ނޭވަލް ކޮމާންޑްގެ އެސްއެލްއެންއެސް ޕަރަކުމްބާ އިން ވަނީ ޑިންގީ އިތުރަށް ފުރިހަމައަށް ބަލައިފާސްކުރުމަށްފަހު މަސްވެރިކަމުގެ ސާމާނާއި ޑިންގީއާއެކު އެ އަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަންގައި ހިފަހައްޓާފައިވާ މީހުންނަކީ ކިނިއްޔާ ސަރަހައްދުގައި ދިރިއުޅޭ މީހުން ކަމަށާއި އެމީހުންގެ އުމުރަކީ 23 އަހަރާއި 63 އަހަރާ ދެމެދުގެ މީހުން ކަމަށާއި އަތުލައިގަތް ތަކެތި ކުރިއަށް ގެންދިއުމަށް މުތޫރުގެ ފިޝަރީޒް އިންސްޕެކްޓަރާއި ހަވާލުކޮށްފައިވާ ކަމަށް ނޭވީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.