މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

ދުވަހުގެ މޫސުން: އުތުރުން ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދިވެޖިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅުގެ ނިޔަލަށެވެ.

އެ ސަރަހައްދުތަކަށް މިއަދު ފަތިހު5:45ން ފެށިގެން މިއަދުގެ11:00 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މޫސުން ގޯސްނަމަ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މަސްވެރިންނަކީ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރާ ބަޔަކަށް ވުމުން، ކޮންމެ ދުވަހެއްގެ މޫސުމަށްވެސް ވަކިވަކިން ސަމާލުވެ ތިބެން ޖެހެއެވެ. ރައްކާތެރި ގޮތަކީ އެއީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.