މަސްވެރިކަމާއި ގުޅޭ

Coral

ކޮރަލް ބްލީޗިން: ހަތަރު ވަނަ ގްލޯބަލް މާސް ސްޓްރެސް އެޕިސޯޑް ފަށައިފި - އެމެރިކާގެ ސައިންސްވެރިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މުރަކަތައް ހުދުވެ، މަރުވަމުންދާއިރު، ފަހަކަށް އައިސް ކަނޑުގެ ހޫނުކަމުން މުރަކަތަކަށް ރެކޯޑް އަދަދަކަށް ގެއްލުން ލިބެމުންދެއެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނާ ގޮތުގައި ދުނިޔޭގެ ހަތަރު ވަނަ ފަހަރަށް މާސް ކޯރަލް ބްލީޗިން އިވެންޓް ވަނީ ފަށާފައެވެ.

ބްލީޗިންގ ދިމާވަނީ މުރަކަ ސްޓްރެސްވެ ހުދުވެ، އެ މުރަކަ ދިރިއުޅޭ ފެން މާ ހޫނުވުމުންނެވެ.

މުރަކައަކީ ކަނޑުގެ ދިރުންތައް ދެމެހެއްޓުމާއި، މަސްވެރިކަން ދެމެހެއްޓުމާއި، އަހަރަކު އެތައް ޓްރިލިއަން ޑޮލަރެއްގެ އާމްދަނީއެއް އުފައްދާ އެއްޗެކެވެ.

ކަނޑުގެ ހޫނުކަމުގެ ރެކޯޑްތައް ދަށްވަމުން އަންނަތާ މަސްތަކެއް ވެފައިވާއިރު މިއީ މި އެޕިސޯޑުން ކަނޑުގެ ދިރުންތަކަށް އަސަރުކުރާ ގޮތުގެ ފުރަތަމަ ދުނިޔޭގެ ހެއްކެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ވަނީ ދުނިޔޭގެ ސައިންސްވެރިންގެ ރިޕޯޓްތައް ހަފްތާތަކެއް ވަންދެން ލިބުމުން ހުރިހާ ކަނޑުތަކެއްގައި (އެޓްލާންޓިކް، ޕެސިފިކް އަދި އިންޑިއަން ކަނޑު) މާސް ސްޓްރެސް ހުރިކަން ކަށަވަރުކޮށްދީފަ އެވެ.

ބްލީޗްކޮށްފައިވާ މުރަކަ ތަސްވީރުތަކުން ރީތި ނަމަވެސް ފަރުބަދަތައް ބެލުމަށް ޑައިވް ކުރާ ސައިންސްވެރިން ބުނާ ގޮތުގައި ކައިރިން ބަލާއިރު މި މުރަކަ ބަލިވެ ހަލާކުވަމުންދާކަން ސާފުކޮށް ފެނެ އެވެ.

އެމެރިކާ، އޮސްޓްރޭލިއާ، ކެންޔާ އަދި ބްރެޒިލްގެ ސައިންސްވެރިން ބީބީސީ ނިއުސްއަށް ބުނީ ހޫނު ކަނޑުތަކުން އެމީހުން ލޯބިވާ މުރަކަތަކަށް ނުރައްކާވާ ނުވަތަ މަރުވާތަން ބަލަން ތިއްބާ މާޔޫސްކަމާއި ރުޅިވެރިކަން ވެސް އިހުސާސް ކުރެވޭ ކަމަށެވެ.

ފުރަތަމަ އިންޒާރުގެ ނިޝާންތައް ފެނުނީ މިދިޔަ އަހަރު ކެރިބިއަން ސަރަހައްދުގައި ފެންވަރާ މީހުންނަށް ފްލޮރިޑާގެ އައްސޭރީގެ ފެން ހޫނު ޓާބެއް ފަދައިން ހޫނުކަން އެނގުމުންނެވެ.

އެ ހޫނު ދެކުނު ހެމިސްފިއާ އަށް ބަދަލުވިއެވެ. މިހާރު އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ހިމެނޭ ގޮތަށް ދުނިޔޭގެ ދެބައިކުޅަ އެއްބައި މުރަކަތަކާއި، ޓެންޒޭނިއާ، މޮރިޝަސް، ބްރެޒިލް، ޕެސިފިކް ޖަޒީރާތަކުގެ އިތުރުން ރަތް ކަނޑާއި ޕާޝިއަން ގަލްފުގެ އައްސޭރިފަށުގައި ވެސް ވަނީ އަސަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.