މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ފިޝަރީޒް
ކޫއްޑޫ ފިޝަރީޒް

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ގިނަ އަދަދެއްގެ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓު، މިފްކޯއިން ރާއްޖޭގެ ދެކުނުގައި ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަނީ 23 ވަޒީފާއަކަށް މީހުން ހޯދުމަށް އިއުލާންކޮށްފައެވެ.

މީގެތެރެއިން ބައެއް ވަޒީފާތަކަށް 2 މީހުން ހޯދުމަށްވެސް އިޢުލަންކޮށްފައިވެއެވެ. މި ވަޒީފާތަކުގެ ތަފްސީލްތައް ސަރުކާރުގެ ގެޒެޓުގައި މިހާރުވަނީ ޝާއިޢުކޮށްފައެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހޯދުމަށް އިއުލާންކޮށްފައިވާ ބައެއް ވަޒީފާތަކަށް ބަލާލާއިރު،

  • ސައިޓު ސުޕަވައިޒަރ
  • ސެކިއުރިޓީ
  • އެސިސްޓެންޓު އިންޖީނިއަރ، ސިވިލް އިންޖީނިއަރ
  • ކޭޝިއަރުން
  • ސީނިއަރ އޮފިސަރުން

މި މަޤާމުތަކުގެ އިތުރަށްވެސް އެކި ދާއިރާތަކުން މީހުން ހޯދުމަށް މިފްކޯއިން ވަނީ އިޢުލާންކޮށްފައެވެ.

ކޫއްޑޫއަކީ އެންމެ ގިނަ އަދަދަކަށް މަސް ކިރާ ކާރުހާނާއެވެ. އެ ކާރުހާނާއަށް ޒަމާނީ ތަރައްޤީތައް ގެނައުމަށް މިފްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.