މަސްވެރިކަމާއި ގުޅޭ

ފުވައްމުލަކު ބޭރުގައި ގާއިމު ކޮށްފައިވާ ވަދު ކަނދުުފަތި -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ފުވައްމުލަކު ބޭރުގައި ގާއިމު ކޮށްފައިވާ ވަދު ކަނދުުފަތި -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މި ހަފްތާތެރޭގައި ތިން އަތޮޅެއްގައި ވަދު ކަނދުފަތި ގާއިމު ކުރާނެ: މިނިސްޓްރީ

މި ހަފްތާތެރޭގައި ތިން އަތޮޅެއްގައި ވަދު ކަނދުފަތި ގާއިމު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ އަތޮޅުތަކަކީ، މ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ.

ރާއްޖޭގެ ކަނދުފަތި ވިއުގަރގައި މިވަގުތު 14 ވަދު މަސްކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކްސްގައި ކުރި ޕޯސްޓްގައި މީގެ ކުރިން މިނިސްޓްރީން ބުނީ، ވަދުމަސް ކަނދުފައްޗަކީ (ރީނދޫކުލައިގެ ބޮއި) މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެއް ކަމަށެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.