މަސްވެރިކަމާއި ގުޅޭ

GLXOQ-bbAAATkJu

ދ. މީދޫ އައިސް ޕްލާންޓު ގާއިމުކުރާ ސަރަހައްދު ސާވޭކުރަން ފަށައިފި

ދ. މީދޫ އައިސް ޕްލާންޓު ގާއިމުކުރާ ސަރަހައްދު ސާވޭ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިފްކޯ އަދި އެވުޒާރާގެ ޓެކްނިކަލް ޓީމެއް މިވަގުތު ދ. މީދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީދޫ އައިސްޕްލާންޓަކީ މިދިޔަ ހަފްތާތެރޭގައި ސަރުކާރުން އަލަށް އައިސްޕްލާންޓު އެޅުމަށް ނިންމާ އިއުލާންކުރި ރަށްތަކުގެތެރޭގައި ހިމެނޭ އައިސްޕްލާންޓެކެވެ. މި މަޝްރޫޢުއަށް ބޭނުންވާ ފައިސާވަނީ ސައުދީ ފަންޑުން ހަމަޖެހިފައެވެ.

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މީގެތެރެއިން 5 އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ.
އަދި ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ. މި ދެންނެވި 11 ރަށުގެ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލޓޑ (މިފްކޯ) އާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.